- cswb egcsIawr
- cliawforcp egcnurwbcmem
- Eheb Wa Is.Is.Ea

- urwbwK

- cawtctWkwrwH

- uDOvea ITircgiTcnia

- IjeTercTcs

- cawtcTOpir egcnwximok
- utWmUluAwm EhebWnwxopwrok
- cawtcnugcnea
- ubWsih csWfwt
- cnWluAia
- cnWywbcsUn
- cSwmuLehwSuh wlwscawm
- utwBuruf egWfIzwv
- Irwleg OTof
- cawtulWvusEveruk cSokumcnWA
[07-09-2010]
ފިނޭންސް މިނިސްޓަރ ޢަލީ ޙާޝިމްގެ އެންގުމަކަށް ލޭބަރ މިނިސްޓްރީގެ އެކައުންޓުގައި ހުރި 4 މިލިއަން ޑޮލަރ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާކަމަށާއި، މަޢުލޫމާތު ލިބޭ ގޮތުގައި މިފައިސާ އަކީ، ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު ފައިސާ ދޫކުރަން ހަމަޖެހުމާ ގުޅިގެން އެފައިސާ ދެވޭނެ ގޮތެއް ސަރުކާރުގެ ބަޖެޓްގައި ނެތުމުން ބަދަލުކޮށްފައިވާ ފައިސާއެއްކަމަށްބުނާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި އެކަންތައް އެގޮތަށް ހިނގާފައިނުވުމާއި މިކަމުގައި މިނިސްޓްރީން އަމަލުކޮށްފައިވާގޮތަށް ބަލާއިރު ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[04-08-2010]
ހދ.ހިރިމަރަދޫ ސްކޫލުގެ ހެޑްމާސްޓަރ ބެހެއްޓުމަށް ގެއެއް ކުއްޔަށް ހިފުމަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން، ގެއެއް ކުއްޔަށް ދިނުމަށް ހުށަހެޅީ އެންމެ ފަރާތަކުންކަމަށާއި، އޭގެފަހުން އެއްވެސް އިޢުލާނެއް ނުކޮށް ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅި ހަމައެކަނި ފަރާތާ ޙަވާލުކުރުމަށް ހިރިމަރަދޫ ސްކޫލުން މަސައްކަތް ކުރަމުންގެންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މިކޮމިޝަނުން އެކަން ބެލިބެލުމުގައި ޕްރިންސިޕަލް ހުންނާނެ ގެއެއް ކުއްޔަށް ހޯދުމަށް އެސްކޫލުން ކޮށްފައިވާ ނަންބަރު: 11/9002/88SG (12 ޑިސެމްބަރ 9002) އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވީނަމަވެސް އިތުރު އިޢުލާނެއް ކުރުމަކާނުލައި އެފަރާތާ ޙަވާލުކުރުމަށް ނިންމާފައިވާތީ، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 91.8ގެ (ބ) އާ ޚިލާފަށް ކޮށްފައިވާކަމެއް ކަމުން، އެސްކޫލްގެ ނަންބަރު: 11/9002/88SG އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުމަށް 60 ޖޫން 0102 ގައި ހދ.ހިރިމަރަދޫ ސްކޫލަށް ވާނީ އެންގިފައެވެ.
[04-08-2010]
ށ.މާއުނގޫދޫ ރަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 2 ފަހަރެއްގެ މަތިން އިޢުލާންކޮށް، ދެފަހަރުވެސް އެސްޓިމޭޓްތައް ހުށަހެޅި ފަހުން ބައެއް މަޢުލޫމާތު ބަދަލުވީކަމަށްބުނެ 2 ފަހަރު ކުރި އިޢުލާންވެސް ބާޠިލްކޮށް ތިންވަނަ ފަހަރު އިޢުލާންކުރީ މަތިއުތުރު ޕްރޮވިންސް އޮފީހުންކަމަށާއި، އެއޮފީހުގެ ނަންބަރު: 10/0102/B-502 (80 ފެބްރުއަރީ 0102) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅި ދެމީހުންގެ ތެރެއިން އެމަސައްކަތް ޙަވާލުކޮށްފައިވަނީ ބޮޑު އަގު ހުށަހެޅި ފަރާތާކަމަށާއި، މިމަސައްކަތް ޙަވާލުކޮށްފައިވަނީ މަޢުލޫމާތު ދިންގޮތާ ޚިލާފަށްކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ބެލި ބެލުމުގައި ށ.މާއުނގޫދޫ އޮފީހުގެ ނަންބަރު:10/0102/B-502 (82 ފެބްރުއަރީ 0102) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް، ހުށަހެޅޭ ބިޑްތަކަށް ޕޮއިންޓްދޭނެ މިންގަޑެއް ލިޔުމުން ހާމަކޮށްފައިނުވާކަމާއި، ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހެޅި އަގުތަކުގައި ތަފާތު ހުރިނަމަވެސް އަގަށް އެއްވަރަކަށް ޕޮއިންޓް ދީފައިވާތީއާއި، އަގަށް އިންސާފުވެރިކޮށް ޕޮއިންޓް ނުދިނުމުގެ ސަބަބުން އެމަސައްކަތް ލިބެންވާ ފަރާތްނޫން އެހެން ފަރާތަކާ ޙަވާލުކުރުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރެވިފައިވާތީ، ށ.މާއުނގޫދޫ އޮފީހުގެ ނަންބަރު:10/0102/B-502 (82 ފެބްރުއަރީ 0102) އިޢުލާނާ ގުޅިގެން އެމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާމެދު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށްފަހު ޕޮއިންޓްދޭނެ އުޞޫލެއް ބަޔާންކޮށް، އެމަސައްކަތަށް އަލުން އިޢުލާންކޮށްގެން ކުރިޔަށް ގެންދިއުމަށް 62 މެއި 0102 ގައި ށ.މާއުނގޫދޫ އޮފީހަށް ވަނީ އެންގިފައެވެ.
[04-08-2010]
މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރ: 0101/0102/1/831(LUI) (91 މެއި 0102) އިޢުލާނުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ހުރި ކަންތައްތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯ ޓް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރ: 0101/0102/1/831(LUI) (91 މެއި 0102) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާ ފަރާތަތްކުން 62 މެއި 0102 ގެ 03:51ގެ ކުރިން ބިޑް ހުށަހަޅަން އޮތް އޮތުމަކީ، ދައުލަތުގެ މާލިއްޔަތުގެ 71.8 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށްވާތީ، އެއިޢުލާން ބާޠިލްކުރެއްވުމަށްފަހު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަލުން އިޢުލާންކުރުމަށް 32 މެއި 0102ގައި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓަށް ވާނީ އެންގިފައެވެ.
[04-08-2010]
ކ.ހުރާ ރައްޔިތުންގެ އިންޖީނުގެއަށް 054 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގަންނަން ބޭނުންވެގެން 31 މެއި 0102 ގައި ކ.ހުރާ އޮފީހުން ކޮށްފައިވާ އިޢުލާނުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ހުރި ކަންތައްތަކެއް މިކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ކ.ހުރާ އޮފީހުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން 72 މެއި 0102 ގެ ކުރިން އެސްޓިމޭޓް ހުށަހަޅަން އޮތް އޮތުމަކީ ދައުލަތުގެ މާލިއްޔަތުގެ 71.8 ވަނަ މާއްދާއާ ޚިލާފަށް އޮތްކަމެއްކަމާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 61.8އާ ގައިވާގޮތުގެ މަތިން، އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާނެ ދުވަހެއް އަދި ގަޑިއެއް ބަޔާންކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަލުން އިޢުލާންކޮށްގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް 32 މެއި 0102 ގައި ކ. ހުރާ އޮފީހަށް ވާނީ އެންގިފައެވެ.
[29-07-2010]
ޏ.ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން 9002 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އިޢުލާނެއް ކޮށްފައިވާކަމަށާއި، އަދި އިތުރު އިޢުލާނެއް ކުރުމަށްފަހު، ފުރަތަމަ ކުރި އިޢުލާން ބާޠިލްކުރި ކަމަށް އެއިޢުލާނުގައިވީނަމަވެސް ފުރަތަމަ ކުރި އިޢުލާން ބާޠިލްކުރި ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށާއި، އިމާރާތް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ބެލި ބެލުމުގައި ޏ.ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ހިންގުމަށް ޢިމާރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އަގު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ޕޮއިންޓް ދޭން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ޕޮއިންޓް ދީފައިވާކަމާއި އެގޮތުން އަގަށް މާކްސް ދިނުމުގައި އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ މަތިން ޕޮއިންޓް ދޭންޖެހޭއިރު، އެއާ ޚިލާފަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާތީ ހުށަހެޅުނު ބިޑްތައް އަލުން އިވެލުއޭޓްކޮށް، ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް 03 ޖޫން 0102 ގައި ޏ.ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ވާނީ އެންގިފައެވެ.
[29-07-2010]
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާންކުރުމަކާނުލައި، ބިން ކުއްޔަށްދޫކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ މިކޮމިޝަނަށް ލިބިފައިވާ މަޢުލޫމަތަކާ ގުޅިގެން އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ތިލަފުށިން ބިން ދޫކުރުމުގައި މިހާތަނަށް އަމަލުކުރަމުން އައީ އިޢުލާންކުރުމަކާ ނުލައިކަން ފާހަގަކުރެވިފައިވާތީ، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ 12 ޑިސެމްބަރ 9002ގެ ބޯޑު މީޓިންގައި ބިންދޫކުރާނެ އުޞޫލެއް ކަނޑައަޅުއްވައިގެން އިޢުލާންކުރައްވަން ނިންމަވާފައިވާތީ، އެގޮތުގެ މަތިން ބިން ދޫކުރުމަށް އުޞޫލެއް ކަނޑައެޅުމަށް 40 މެއި 0102 ގައި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑަށް ވާނީ އެންގިފައެވެ.
[29-07-2010]
ޏ.ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ޢިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން 9002 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އިޢުލާނެއް ކޮށްފައިވާކަމަށާއި، އަދި އިތުރު އިޢުލާނެއް ކުރުމަށްފަހު، ފުރަތަމަ ކުރި އިޢުލާން ބާޠިލްކުރި ކަމަށް އެއިޢުލާނުގައިވީނަމަވެސް ފުރަތަމަ ކުރި އިޢުލާން ބާޠިލްކުރި ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށާއި، އިމާރާތް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މިކޮމިޝަނުން ބެލި ބެލުމުގައި ޏ.ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ހިންގުމަށް ޢިމާރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އަގު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ޕޮއިންޓް ދޭން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ޕޮއިންޓް ދީފައިވާކަމާއި އެގޮތުން އަގަށް މާކްސް ދިނުމުގައި އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ މަތިން ޕޮއިންޓް ދޭންޖެހޭއިރު، އެއާ ޚިލާފަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާތީ ހުށަހެޅުނު ބިޑްތައް އަލުން އިވެލުއޭޓްކޮށް، ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް 03 ޖޫން 0102 ގައި ޏ.ފުވައްމުލަކުގެ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ވާނީ އެންގިފައެވެ.
[29-07-2010]
ސ.މަރަދޫފޭދޫ ސްކޫލާ އިންވެގެން ހުންނަ ޕްރީ ސްކޫލަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ސ.މަރަދޫފޭދޫ ސްކޫލްގެ މެޝިންތައް ބޭނުންކޮށްގެން ޗާޕްކުރާކަމަށް މިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، އެގޮތަށް ދައުލަތުގެ މުދާ ބޭނުންކޮށްގެން އެހެނިހެން އަމިއްލަ އިދާރާތަކުގެ މަސައްކަތްކުރުމަކީ ގަވާއިދު ހުއްދަކުރާ ކަމަކަށްނުވާތީ، އެކަންތައް އެގޮތަށް ހިނގާކަމުގައިވަނީނަމަ، އެކަންތައް ވަގުތުން ހުއްޓުވައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން މުދާ ގެންގުޅުމަށް 62 އޭޕްރިލް 0102 ގައި ސ.މަރަދޫފޭދޫ ސްކޫލަށް ވާނީ އެންގިފައެވެ.
[29-07-2010] ށ.ބިލެތްފަހި ރައްޔިތުންގެ އެކައުންޓުން ގަވާއިދާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަސް ޚަރަދުތައް ކުރަމުންގެންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ށ.ބިލެތްފަހީގެ ބަނަދަރުގައި ހަދާފައިވާ ނެރު ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ތޮށިގަނޑު ޖެހުމުގެ މަސައްކަތަށް ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރާއިރު ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫން އެހެން ޚަރަދުތައް ކުރުމަށް ހުއްދަ ނުދިނުމަށް ސަމާލުކަންދިނުމަށާއި، އެމަސައްކަތުގެ ޚަރަދުތައް ހިނގާގޮތެއް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް 13 އޭޕްރިލް 2010 ގައި މަތިއުތުރު ޕްރޮވިންސް އޮފީހަށް ވާނީ އެންގިފައެވެ.
[29-07-2010]
ލޯކަލް މާރުކޭޓް މާލޭ މުނިސިޕަލްޓީގެ ދަށުން ބަލަހައްޓަމުންގެންދާ ރާއްޖޭގެ ތަކެތީގެ މާރުކޭޓާއި ވަޅޯމަސް މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގައި އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ ބެލިބެލުމުގައި މާލޭ ލޯކަލް މާރުކޭޓުގައި ހުންނަ ގޮޅިތައް ޢާންމު ފަރާތްތަކަށް ދޫކުރުމަށް ހަރުދަނާ އުޞޫލެއް ކަނޑައެޅިފައި ނެތްކަން ފާހަގަކުރެވިފައިވާތީ، އެގޮޅިތައް ދޫކުރުމަށް ހަރުދަނާ އުޞޫލެއް ގާއިމްކުރުމަށް 12 ޖުލައި 0102 ގައި މާލޭ މުނިސިޕަލްޓީއަށް ވާނީ އެންގިފައެވެ.
[16-06-2010]
އެހޮސްޕިޓަލުގެ ނަންބަރު: 11/0102/HMGI-RP (82 މާޗް 0102) އިޢުލާނާއި، ނަންބަރު 50/9002/321/E-731 (71 ޑިސެމްބަރ 9002) ގުޅިގެން އަމަލުކުރަމުންދާގޮތް މިކޮމިޝަނުން ބެލިބެލުމުގައި އެކަން ކުރިއަށްދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށްވާތީ، އެއިޢުލާން ބާޠިލްކުރުމަށްފަހު، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 52.8 ގައިވާ ގޮތުގެ މަތިން އަމަލުކުރެއްވުމަށް 81 އޭޕްރިލް 0102 ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވާނީ އެންގިފައެވެ.
[16-06-2010] ހުޅުމާލޭ ކޯޓަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިމައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ރ.އިންނަމާދޫ ބިމުން ވަރަށް ބޮޑުބައެއް އެތައް މަހެއް ކުރިން އެކިފަރާތްތަކަށް ރަށުއޮފީހުން ކުއްޔަށް ދޫކޮށްފައިވާއިރު އެފަރާތްތަކުގެ ތެރެއިން އެންމެ ފަރާތަކުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ބިމުކުލި ނުދައްކާކަމަށާއި، އެގޮތަށް ބިމުކުލި ނުނަގާ އޮންނަ އެންމެ ބޮޑު ސަބަބަކީ އެފަރާތްތަކާއި އިންނަމާދޫ ކަތީބު އޮންނަ ގުޅުންކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ރ.މާކުރަތު ރައްޔިތުންގެ ހަތްދިހަ އެތައްހާސް ރުފިޔާއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށާއި، ގަވާއިދާ ހިލާފަށް ގޯތި ދޫކޮށްފައިވާކަމަށާއި، ރަށުގެ ތަރައްޤީއަށް ބިން ކުއްޔަށް ދިނުމުގެ ނަމުގައި ގަވާއިދާ ޚިލާފަށް ރައްޔިތުންގެ ބަޖެޓުން ޚަރަދުކޮށް ވަކި ހިސާބަކަށް ޢިމާރާތްކޮށްފައި ފައިސާ ހުސްވުމުން މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، މައްސަލަ ހުށަހެޅި ޝަކުވާގައި ހިމެނޭ ބަޔެއްކަންތައްތަކަކީ ކުރީގެ އެންޓި ކޮރަޕްޝަން ބޮޑުން ބައްލަވާފައިވާ މައްސަލަ ތަކެއްކަން ފާހަގަކުރެވިފައިވެއެވެ. އަދި ހުށަހެޅާފައިވާ ޝަކުވާގައިވާ ކަންތައްތައް މިކޮމިޝަންގެ ފަރާތުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ކޯޓެއްގެ ސީނިއަރ މެޖިސްޓްރޭޓްރޭޓަކު ކޯޓަށް ނުނިކުންނަތާ މިހާރު ގާތްގަނޑަކަށް 4 އަހަރު ވެފައިވާ ނަމަވެސް މިދުވަސްތަކަށް މުސާރަ ނަގަމުންގެންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ސީނިއަރ މެޖިސްޓްރޭޓް ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ހަމަޖައްސާފައިވާ އުޞޫލްގެ މަތިން އެހެންކޯޓެއްގައި ވަޒީފާ އަދާކުރަމުންގެންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010]
މި މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް 8002 އަދި 9002ވަނަ އަހަރުގައި އެސުކޫލުން އެސްޓިމޭޓް އެޞޫލުން އެއްވެސް މަސަކަތެއް ކޮށްފައިވާކަން ފާހަގަކުރެވިފައެއްނުވެއެވެ. ތަނުގެ މުވައްޒަފުން ލައްވާ ވެރިންގެ އަމިއްލަ މަސައްކަތްކުރާކަމަށް ބުނާ މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައެއްނުވެއެވެ. ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ ޚިލާފަށް އެ ސްކޫލްގެ ވެރިޔާ ބަޖެޓްގެ އެއް ކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކޮށް ހަދާފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން ބެލިބެލުމުގައި އެސްކޫލަކީ ބަޖެޓް ވަކިކުރިތަނަކަށް ނުވާތީ ގެންނަ ބަދަލާ ގުޅިގެން އުނިކުރާ އައިޓަމަކުން އެއަދަދެއް އުނިކުރިނަމަވެސް އެކައުންޓް ޑެބިޓްނުވާނަމަ މައްސަލައެއްކަމަށް ނުބެލެވޭތީއާއި އެގޮތަށް އެކަން ކުރުމުގައި މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒުފާއިދާއެއް ހޯދާފައިވާކަމެއް އަދި އެހެންފަރާތަކަށް ހޯދައިދީފައިވާކަމަށް ނުބެލޭވެއެވެ. ސްކޫލުގެ މުސާރަ ދަތުރެއްގައި 00.000،02 ރުފިޔާ މަދުވާކަމަށް ބުނާ މައްސަލަ ބެލިއިރު އެކަން ލިޔެކިޔުމުން އަދި ސުވާލުކުރެވުނު ފަރާތްތަކުގެ ބަހުންވެސް އެނގޭކަށް ނެތެވެ.
[16-06-2010]
ށ.ބިލެތްފަހީގެ ބަނަދަރުގައި ހަދާފައިވާ ނެރު ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ތޮށިގަނޑު ޖެހުމުގެ ނަމުގައި ބިލެތްފަހީ އެކައުންޓުން 00.000،43 ރުފިޔާ ގަވާއިދާ ޚިލާފަށް ދޮގުމަޢުލޫމާތުތަކެއް ދީގެން ނަގަން އުޅޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ށ.ބިލެތްފަހީގެ ބަނަދަރުގައި ހަދާފައިވާ ނެރު ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ތޮށިގަނޑު ޖެހުމުގެ މަސައްކަތަށް ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރާއިރު ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ކުރުމަށް ހުއްދަ ނުދިނުމަށް ސަމާލުކަންދިނުމަށާއި، އެމަސައްކަތުގެ ޚަރަދުތައް ހިނގާގޮތެއް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް 41 އޭޕްރިލް 0102 ގައި މަތިއުތުރު ޕްރޮވިންސް އޮފީހަށް ވަނީ އެންގިފައެވެ.
[08-06-2010]
"ހދ.ކުޅުދުއްފުށީ ރކ.ކޮމިޓީ އެކައުންޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ މަދުވެފައިވާކަމަށް ބުނެ ކައުންސިލަރުގެ ގޭ ދޮށަށް ބަޔަކު އެއްވެއްޖެ" މިސުރުޚީގެ ދަށުގައި ހަވީރު އޮންލައިންގައި ލިޔެފައިވާ ލިޔުމާގުޅިގެން އެކަންތައް ހިނގާފައިވާގޮތެއް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި، ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔަތުގައި ހުރި ފައިސާ 21 ޖޫން 7002ގައި އެމް.އެމް.އޭ އިން ބީ.އެމް.އެލްގެ ކުޅުދުއްފުށީ ބްރާންޗަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި މި އެކައުންޓުން ހަރަދުކޯށްފައިވަނީ ރ.ކ. ކޮމެޓީއަށް ހުށަހަޅާއިގެން އެކޮމެޓީގެ ޖަލްސާއަކުން ނިންމާ ގޮތެއްގެ މަތިންނެވެ. 8002 ވަނަ އަހަރުން ފެށިގެން 9002ވަނަ އަހަރުގެ ނިޔަލަށް ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔާގެ އެކައުންޓުގެ ހިސާބުތައް ޗެކްކުރިކުރުމުގައި ގަވާއިދާ ހިލާފަށް އެއެކައުންޓުން ފައިސާ ނަގާފައިވާކަމެއް އެނގޭކަށްނެތެވެ. އަދި މި ދެއަހަރުތެރޭގައި އެއްވެސް ފަހަރަކު އެކައުންޓުގެ ބާކީ 1.1 މިލިއަން ރުފިޔާއަށް އަރާފައެއްވެސް ނުވެއެވެ.
[08-06-2010]
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރަމުންދާ އިމަޖެންސީ މަސައްކަތްތަކުގައި ބޭނުންކުރުމަށްޓަކައި 2 ވެހިކަލެއް ހޯދުމަށް އިޢުލާންނުކޮށް ސީރިއަސް އެންޓަރޕްރައިސަސް އާ ޙަވާލުކުރަން އުޅޭ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި އެސެންޓަރުން ކުރެވެމުންދާ މަސައްކަތްތަކުގައި ބޭނުންކުރުމަށްޓަކައި 2 ވެހިކަލް ހޯދުމަށް ސިރިއަސް އެންޓަޕްރައިޒަސް އާ ޙަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 51.8 އާ ޚިލާފަށްކަން ފާހަގަކުރެވިފައިވާތީ، އެ 2 ވެހިކަލް ހޯދުމުގެ މަސައްކަތް ހުއްޓާލުމަށްފަހު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިޢުލާން ކޮށްގެން ކުރިއަށްގެންދިއުމަށް 60 އޭޕްރިލް 0102 ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ވަނީ އެންގިފައެވެ.
![]()

